Pages

Wednesday, March 2, 2011

SPECIAL...

އެއްހަމައަކުން ދަރިވަރުންގެ "ޚާއްޞަ ހާލަތާމެދު" ވިސްނާ، ހަމަހަމަ އުޞޫލަކުން ޕޮކެޓްމަނީ ހަމަޖައްސަވައި ދެއްވުން އެދި ރައީސް އޮފީސްދޮށަށް އެއްވެ ޔުނިވަރސިޓީ ދަރިވަރުން އަޑު އުފުލައިފި!!!
ރައީސް އޮފީސް ދޮށަށް އެއްވި ދަރިވަރުން ޝުޢޫރު ފާޅު ކުރަނީ
    ހުރިހާ ދަރިވަރުންނަށް އެއް ހަމައަކުން ޕޮކެޓް މަނީ ލިބެމުން ނުދާތީ މިއަދު ރައީސް އޮފީސް ދޮށަށް ޔުނިވަރސިޓީގެ 400ދަރިވަރަކު އެއްވެ ނުރުހުން ފާޅުކޮށްފިއެވެ.
    ދަރިވަރުން ރައީސް އޮފީސްދޮށަށް އެއްވެ ދަރިވަރުން އެދުމުން މިކަމާ ރައީސަށް މަޝްވަރާ ކުރުމަށް 5 ދަރިވަރަކު ރައީސް އޮފީހަށް ވަނުމަށް ފުރުސަތު ލިބުނެވެ. އެހެން ނަމަވެސް މި ބައްދަލުވުމަށް އެއްވެސް މީޑިއާ އަކަށް ފުރުސަތު ދީފައެއް ނުވެއެވެ. 
    މި ބައްދަލުވުމުގައި ދަރިވަރުންނަށް ދިމާވާ ދަތިތަކާބެހޭ ގޮތުން މަޝްވަރާ ކުރެވުނެވެ. އަދި ދަރިވަރުންނަށް ޕޮކެޓް މަނީ ދިނުމުގައި ހުރި ތަފާތު ތަކާ ބެހޭ ގޮތުންވެސް ވާހަކަ ދެކެވުނެވެ. ޔުނިވަރސިޓީގައި ވަރަށް ގިނަ ކަންތައްތަކެއް ރަނގަޅު ކުރުމަށް ހުރިކަން ފާހަގަ ކޮށް ދަރިވަރުންގެ ޕޮކެޓްމަނީގެ ކަންތައްތަކަށް ހައްލެއް ހޯއްދަވައިދެއްވަން ބޭނުންވާ ކަން ރައީސް ނަޝީދު ހާމަ ކުރެއްވިއެވެ. އަދި އަންނަ ހަފްތާގެ އަންގާރަ ދުވަހު ކެބިނެޓްގައި މިކަމަށް މަޝްވަރާކޮށް، ބުދަ ދުވަހު ދަރިވަރުންނާއި އެކު ރައީސްއާއި މަތީ ތަޢުލީމުގެ އިސް ބޭފުޅުން މިކަމަށް މަޝްވަރާ ކުރުމަށް ބައްދަލުވުމެއް ބޭވުމަށް ނިންމިއެވެ. ރައީސްއާއި އެކު މިއަދު ބޭއްވުނު ބައްދަލުވުމުން އެނގިގެން ދިޔަ އެންމެ ބޮޑު ކަމަކީ ޕޮކެޓް މަނީ ނުދިނުމަކީ ސަރުކާރުގެ "ސިޔާސަތެއް" ނޫން ކަމެވެ. އެހެން ކަމުން ދަރިވަރުންގެ އުއްމިދަކީ އަންނަ ހަފްތާގެ ބައްދަލުވުމުން ރަނގަޅުގޮތެއް ނިމި ދަރިވަރުންގެ "ޚާއްޞަ ހާލަތު" ގަބޫލްކޮށް ހުރިހާ ދަރިވަރުންނަށް ހަމަހަމަ އުޞޫލަކުން ޕޮކެޓް މަނީ ހަމަޖެހިގެން ދިއުމުވެ.

ޔުނިވަރ
    ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމުޙޫރިއްޔާ އަލްފާޟިލް މުޙައްމަދު ނަޝީދަށް.
    ވެދުންސަލާމަށްފަހު ދަންނަވަމެވެ.
  އަޅުގަނޑުމެންނަކީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކިއެކި ފެކަލްޓިތަކުގެ ތަފާތު ކޯސްތަކުގައި ތަޢުލީމު ޙާޞިލުކުރަމުންދާ ދަރިވަރުންނީމު އެވެ. 2009 ވަނަ އަހަރުން ޖުލައި މަހުން ފެށިގެން، ދަރިވަރުންނަށް [ޕޮކެޓް މަނީ]ގެ ގޮތުގައި ކޮލެޖުން ދެމުން އައި ފައިސާ ދިނުން ހުއްޓާލުމާއި ގުޅިގެން، 2010 ވަނަ އަހަރު ޖެނުއަރީ މަހުން ފެށިގެން އެންރޯލްވެ، މިހާރުގެ ޤައުމީ ޔުނިވަރސިޓިގައި ތައުލީމު ޙާޞިލްކުރަމުންދާ ދަރިވަރުން، ކޯސް ފުރިހަމަ ކުރުމަށް މާލޭގައި ދިރިއުޅުން ވެފައިވަނީ ތަޙައްމަލް ކުރަން ދަތި، ބޮޑު ގޮންޖެހުމަކަށެވެ. އަޅުގަނޑުމެންނަށް ފައިސާގެ ދަތިކަމާ ކުރިމަތިވެ، ކޯސް ދޫކޮށްލާފައި ދިއުން ނޫން އިތުރު އެއްވެސް ގޮތެއް ނެތިފައި ތިއްބާ، 2010 ވަނަ އަހަރު، ޑިޕާރޓްމެންޓް އޮފް ހަޔަރ އެޑިޔުކޭޝަނުން އެއް އަހަރުގެ މުއްދަތަށް [ސްޓޫޑެންޓް ލޯން ސްކީމު]ގެ ނަމުގައި އިންޓަރެސްޓާއެކު އަނބުރާ ދައްކާގޮތަށް ދޫކޮށްފައިވާ ލޯނު ފައިސާ އަޅުގަނޑުމެންގެ ތެރެއިން ބައެއް ކުދިން ނަގާފައިވަނީ އެނޫން އިތުރު އެއްވެސް ގޮތެއް ނެތިގެންކަން ހިތާމަޔާއެކު ފާހަގަ ކުރަމެވެ. އަދި އެ ލޯނު ފައިސާ ދެއްވިއިރުގައި ވެސް، ކޮލެޖުގައި ކިޔަވާ ހުރިހާ ކުދިންނަށް [އެލިޖިބަލް] ނުވާގޮތަށް، ސަރުކާރުން ކަނޑައަޅާ ވަކި ޢަދަދެއްގެ ކުދިންނަށް ލިބޭ އެއްޗެއްގެ ގޮތުގައި އެ ލޯނު ހަމަޖެހިފައި ވުމީ، ކޮލެޖުގައި ކިޔަވައި ހުރިހާ ކުދިނަށް އެ ލޯނު ލިބުމަށް ހުރަސްއެޅިގެންދިޔަ ކަމެއްކަން ފާހަގަ ކުރަމެވެ. ނަމަވެސް، މީގެ ކުރިން [ޕޮކެޓް މަނީ]ގެ އުޞޫލުން ކުދިންނަށް ފައިސާ ދެއްވަމުން ގެންދެވި އިރު، ކޮލެޖުގައި ރަޖިސްޓްރީ ވެފައިވާ ހުރިހާ ދަރިވަރުންނަށްވެސް، ބެހިގެންދާގޮތަށް ހަރުދަނާ އުޞޫލަކުން ފައިސާ ދެއްވާފައިވާކަން ފާހަގަ ކުރަމެވެ.
    އަޅުގަނޑުމެންނަކީ، ޔުނިވާރސިޓީ ތަޢުލީމުގެ އެންމެ މަތީ ހަރުފަތާ ހަމައަށް ވާޞިލް ވުމުގެ ނިޔަތުގައި މަސައްކަތް ކުރަމުން ގެންދާ ބަޔަކީމެވެ. ނަމަވެސް، ސަރުކާރުގެ ކަމާބެހޭ ފަރާތުން، މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންނަށް ދެއްވަމުން ގެންދެވި، [ޕޮކެޓް މަނީ] ހުއްޓާލައި، ލޯނު ދޫކުރަން ފެށުމުގެ ސަބަބުން، ޔުނިވަރރސިޓީ ތަޢުލީމުގެ ފުރަތަމަ މަރުޙަލާ ނިމޭ ހިސާބުން، ލޯނުގެ ގޮތުގައި ސަރުކާރުން ދެއްވާފައިވާ ފައިސާ ދައްކާ ޚަލާޞް ކުރުމަށްޓަކައި، ކިޔެވުމާ އަލްވަދާޢު ކިޔަންވަނީ މަޖުބޫރު ވެފަ އެވެ. އެހެންކަމުން، ޔުނިވާރސިޓީގައި ކިޔަވައި ދަރިވަރުންގެ ބޮލުގައި އެޅޭ ސަލާމަތް ނުވެވޭފަދަ ބޮޑު ދަރަންޏެއްގެ ގޮތުގައި، ލޯނުފައިސާ ދޫކުރުމަކީ، އަޅުގަނޑުމެންނަށް އެއްގޮތަކަށް ވެސް ޤަބޫލު ކުރެވޭނެ ކަމެއް ނޫނެވެ. އަދި އެއީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ދަތުރުކުރަން ބޭނުންވާ ކާމިޔާބުގެ ލަނޑުދަނޑިތަކާ ހަމައަށް ވާސިލްވުމަށް އެޅިގެންދާ ހުރަހެއްކަމުގައި އަޅުގަނޑުމެން ދެކެމެވެ.
    2010 ވަނަ އަހަރު އޭޕްރީލް މަހުގެ 27 ވަނަ ދުވަހު، އެއިރުގެ [މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަން]ގައި ތަޢުލީމު ޙާޞިލުކުރަމުންދިޔަ، ގާތްގަނޑަކަށް ފަންސާހަށްވުރެ ގިނަ ކުދިން ސޮއިކޮށް، ރައީސް އޮފީހަށް ހުށަހެޅި ޕެޓިޝަނުގެ ޖަވާބު، އޭގެ ފަސް މަސްދުވަސް ފަހުން ލިބުނުއިރު، އޭގެ ޖަވާބުގައި، މަތީތަޢުލީމަށް ކިޔަވައި ދަރިވަރުންނަށް [ޕޮކެޓް މަނީ]ގެ ގޮތުގައި ފައިސާ ދީގެން ކިޔަވައިދިނުމަކީ، މި ސަރުކާރުގެ ސިޔާސަތެއް ނޫންކަމަށް ބަޔާންކުރައްވާފައިވާތީ، އަޅުގަނޑުމެން ހިތާމަކުރާ ވާހަކަ ދަންނަވަމެވެ. ކަންމިހެން އޮތްއިރު، ދާދި ފަހުން، ނަރުސް ކޯސް ހެދުމަށްޓަކައި، ދިވެހި ސަރުކާރުގެ ފަރާތުން އަވަށްޓެރި އިންޑިއާއަށް ފޮނުވި، 85 ކުދިންގެ ތެރެއިން 15 ކުދިން ފިޔަވައި، ބާކީތިބި 70 ކުދިން ކޯހުގެ ޝަރުތު ފުރިހަމަނުވުމާގުޅިގެން، ދިވެހި ސަރުކާރުގެ މާލިއްޔަތުގެ ޚަރަދުގައި މާލެ ގެނެސް، ދިވެހި ޤައުމީ ޔުނިވަރސިޓީގައި އެންރޯލުކޮށް، ސަރުކާރުން ޚަރަދުދޭގޮތަށް، ފެކަލްޓީ އޮފް ހެލްތް ސައިންސްގެ ބޭނުން ކޯހެއްގައި ކިޔެވުމުގެ ފުރުޞަތު ހޯއްދަވައިދެއްވާފައިވާކަމީ، ސަރުކާރުގެ ހިލޭ އެހީގެ ދަށުން މަތީ ތަޢުލީމަށް ކިޔަވައިދިނުމަކީ، އިސްވެ ދެންނެވުނު ސަރުކާރުގެ ސިޔާސަތާއި ޚިލާފަށް ހިންގާފައިވާ ޢަމަލެއްކަން ފާހަގަ ކުރެވެ އެވެ.
    65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށާއި، އެކަނިވެރި މައިންނަށާއި، ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށާއި، ދިވެހިރާއްޖޭގެ ސްކޫލުތަކުގައި ތަޢުލީމު ޙާޞިލްކުރަމުންގެންދާ ދަރިވަރުންގެ ފޮތްބަޔާއި، އެކުދިންގެ އިމްތިޙާނު ފީ ދެއްކުން ފަދަ ރައްޔިތުންނަށް ދަތިވާ ކަންކަމުގައި ސަރުކާރުގެ ބަޖެޓުން މިލިއަނުން ފައިސާ ޚަރަދުކުރަމުންދާކަމީ އަޅުގަނޑުމެން ނުހަނު އުފަލާއެކު ބަލައިގަންނަ ކަމެކެވެ. އެހެންނަމަވެސް، ދިވެހި ޤައުމީ ޔުނިވަރސިޓީގައި މަތީ ތަޢުލީމު ޙާޞިލްކުރަމުންދާ، މަދު ދަރިވަރުންކޮޅަކަށް [ޕޮކެޓް މަނީ] ދިނުމަށް ސަރުކާރުން ނުކުޅެދި، އަޅުގަނޑުމެންނަށް ލޯނު ދޫކޮށް ދަރަނިވެރި ކުރުވާފައިވާތީ، މިކަމަކީ އެއްވެސް އިންސާފެއް އޮތް ކަމެއްކަމަށް ބަލައެއްނުގަނެވޭނެ އެވެ. އިސްވެ ދެންނެވުނު، އެތައް ހާސް ދިވެހި ރައްޔިތުންނަށް ދަޢުލަތުގެ މާލިއްޔާއިން ބޮޑެތި ޚަރަދުތައް ކުރަމުންދާއިރު، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގައި ތަޢުލީމު ޙާޞިލްކުރާ ހައެއްކަ ހާސް ކުދިންނަށް [ޕޮކެޓް މަނީ]އެއްގެ ގޮތުގައި ހިލޭ އެހީއެއް ދިނުމަކީ، ސަރުކާރަށް ނުކުރެވޭނެ ކަމެއްތޯއެވެ؟
    ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން ދަސްވެނިވެގެން ދިވެހި މުޖުތަމަޢަށް ނުކުންނަ ދަރިވަރުންނަކީ، ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކޮށް، ތަރައްޤީގެ މަގުޗާޓު ކުރަހަން ތިބި އެދުރުންނަށް ވީހިނދު، އެ ދަރިވަރުން ނިކަމެތިކޮށް، އިހާނެތިކޮށް ހިތުން ވެގެންދާނީ، ދިވެހިރާއްޖެއާއި، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކުރިމަގު ބަނަވެ، ދިވެހި ޤައުމިއްޔަތަށް އޭގެ ނޭދެވޭ އަސަރު ކުރާނެ ކަމަކަށްކަން ކަށަވަރެވެ.
   ވީމާ، ތިޔަ އޯގާތެރި ސަރުކާރުން އަޅުގަނޑުމެންގެ އާދޭސް އަޑުއައްސަވައި، އެކަނިވެރި މައިންނާއި، 65 އަހަރުން މަތީގެ ދުވަސްވީ މީހުންނަށް [އެލަވަންސް] ދިނުމަށް ތައްޔާރުކޮށްފައިވާ ފަދަ ފޯމެއް ފުރުވައިގެން ނަމަވެސް، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެންމެހާ ދަރިވަރުންނަށް މަންފާ ކުރަނިވި ގޮތަކަށް ވިސްނާވަޑައިގެން، ހިލޭ އެހީއެއްގެ ގޮތުގައި، އެކަށީގެންވާ [ޕޮކެޓް މަނީ]އެއް ލިބޭނޭގޮތް ހައްދަވައިދެއްވުން އެދި ނުހަނު އާދޭހާއެކު ދަންނަވަމެވެ.
     އިޙުތިރަމް ޤަބޫލުކުރެއްވުން އެދެމެވެ.

   23 ފެބްރުއަރީ 2011

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެ،ދިވެހިރާއްޖެ.

Tuesday, March 1, 2011

ދަރިވަރުންގެ ސަމާލުކަމަށް!!!

23 ފެބްރުއަރީ 2011ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤައުމީ
ޔުނިވަރސިޓީގެ 904ދަރިވަރަކު ރައީސް ނަޝީދަށް
ހުށަހެޅި ޕެޓިޝަން!

Sunday, February 27, 2011

Thursday, February 24, 2011

މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީގެ 904 ދަރިވަރަކު ސޮއިކޮށް ރައީސް ނަޝީދަށް ޕެޓިޝަނެއް ހުށަހަޅައިފި!
ޔުނިވަރސިޓީގެ ދަރިވަރުންނަށް ޕޮކެޓްމަނީ ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވުން އެދި މި ޕެޓިޝަން ހުށަހަޅާފައިވަނީ 23 ފެބްރުއަރީ 2011ވީ ބުދަދުވަހުއެވެ. މި ޕެޓިޝަނުގައި ދަރިވަރުން ނަށް ދެމުން ގެންދިޔަ ޕޮކެޓްމަނީ ކަނޑާލުމަށް ފަހު ތަފާތު ނަންނަމުގައި އިންޓްރެސްޓާއިއެކު ލޯނުތައް ދޫކޮށް ދައިރިވަރުން ދަރަނިވެރިކުރަމުން ގެނދާކަން ފާހަގަކޮށްފައިވެއެވެ. އަދި މީގެ ސަބަބުން ދަރިވަރުން މިހާރު ހަދަމުންދާ ކޯސްތައް ނިންމުމަށްފަހު އިތުރު ތަޢުލީމުގެ ހޯދުމަށް ހުރި ދަތިތައް ފާހަގަ ކޮށްފައިވެއެވެ.
ޕޮކެޓް މަނީ ދީގެން ކިޔައިވައި ދިނުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ބުނެ 2009ވަނަ އަހަރުގެ ޖުލައި މަހުގައި ޕޮކެޓް މަނީ ދިނުން ހުއްޓާލާފައި ވީނަމަވެސް، ދާދި ފަހުން ސަރުކާރުގެ އިހްމާލުން އިންޑިއާގެ އަމްބިކާ ކޮލެޖަށް ޞިއްހީ ދާއިރާއިން މަތީ ތަޢުލީމު ޙާސިލް ކުރަން ފޮނުވި ކުދިން ޝަރުތު ހަމަ ނުވެގެން ރާއްޖެ ފޮނުވާލުމުން އެކުދިންނަށް ވަނީ ހާއްސަ ޢިނާޔަތްތަކެއް ހަމަޖައްސާދީފައެވެ. އެ ދަރިވަރުންނަށް ކޯހުގެ ފީ އަދި ކޮންމެ މަހަކުވެސް "ޕޮކެޓް މަނީ" ގެ ގޮތުގައި 2000 ރުފިޔާ ވަނީ ހަމަޖައްސަވާދެއްވާފައެވެ. އެހެން ކަމުން ޕޮކެޓް މަނީ ދީގެން ކިޔައިވައި ދިނުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ބުނާ ބުނުން އަޅުގަނޑުމެން ދަރިވަރުންނަކަށް ގަބޫލެއް ނުކުރެވޭނެއެވެ. އަދި ޝަރުތު ހަމަނުވާ ދަރިވަރުންތަކަކަށް މިފަދަ ބޮޑު ޢިނާޔަތްތަކެއް ދިނުމަށް ނިންމާފައިވާއިރު ޝަރުތު ހަމަވެގެން މިހާރުވެސް ޔުނިވަރސިޓީގެ ތަފާތު ކޯސްތަކުގައި ކިޔަވާ ދަރިވަރުންނަށް ޕޮކެޓްމަނީ ނުދިނުމަކީ އިންސާފެއްކަމަށް ގަބޫލެއް ނުކުރެވެއެވެ.
ޕޮކެޓްމަނީ ދިނުމުގައި ސަރުކާރުގެ ސިޔާސަތު ހާމަކޮށްދޭ ލިޔުން!!!

Sunday, February 20, 2011

މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިޔުކޭޝަންގައި
2010ވަނަ އަހަރުން ފެށިގެން ކިޔަވަންފެށި ދަރިވަރުންނަށް
ޕޮކެޓްމަނީ ދެމުން ނުދާތީ 26 އޮކްޓޯބަރ 2010ވަނަ ރައީސް
ނަޝީދަށް ދަރިވަރުން ހުށަހެޅި ސިޓީ!!!
ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޝިލް މުހައްމަދު ނަޝީދުު އަށް
     ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.
ޕޮކެޓް މަނީ ދީގެން ކިޔައިވައި ދިނުމަކީ ސަރުކާރުގެ އުސޫލެއް ނޫން ކަމަށް ބުނެ 2009ވަނަ އަހަރުގެއަޅުގަނޑަކީ މޯލްޑިވްސް ކޮލެޖް އޮފް ހަޔަރ އެޑިއުކޭޝަންގައި ތައުލީމު ޚާސިލް ކުރަމުންގެންދާ ދަރިވަރެކެވެ. އަޅުގަނޑު ގަބޫލްކުރާގޮތުގައި މަތީތައުލީމު ޚާސިލް ކުރަމުންދާ ބައެއް ދަރިވަރުންނަށް އެލަވަވަންސް ދޭއިރު އަނެއްބައި ދަރިވަރުންނަށް އެލަވަންސް ނުދޭގޮތަށް ސަރުކާރުގެ ސިޔާސަތު 2009ވަނަ އަހަރުގެ ޖުލައި 18ވަނަ ދުވަހުން ފެށިގެން ނިންމަވާފައި އޮތް އޮތުމަކީ އިންސާފުވެރި ނިންމުމެއް އަދި އުސޫލެއް ކަމުގައި އަޅުގަޑު ނުދެކެމެވެ.
     އަދިދަންނަވަމެވެ. 2009ވަނަ އަހަރުގެ ޖުލައި 18ވަނަ ދުވަހުގެ ފަހުންވެސް ސަރުކާރުން ބައެއްފަރާތްތަކަށް އެލަވަންސް ދެއްވަމުންދާކަމުގެ ސައްޚަ މައުލޫމާތު އަޅުގަޑަށް ވަނީ ލިބިފައެވެ.
   ވީމާ އަޅުގަނޑަށްވެސް އެހެންބޭފުޅުންނަށް ދެއްވާފަދަ އެލަވެންސެއް ހަމަޖައްސަވައި ދެއްވުން އެދި ދަންނަވަމެވެ.

26 އޮކްޓޯބަރ 2010 

ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
މާލެ،ދިވެހިރާއްޖެ.