Pages

Sunday, March 4, 2012

މަތީ ތައުލީމް ޚާސިލްކުރާ ދަރިވަރުންނަށް މާލީ އެހީދޭނެ ނިޒާމެއް ފައްޓަވައި ދެއްވުމަށް އެދި ހުށައެޅުމަށް ދަރިވަރުން ތައްޔާރުވާން ފަށައިފި

މަތީ ތައުލީމް ޚާސިލް ކުރަމުންދާ ދަރިވަރުންނަށް މާލީ އެހީދޭނެ ނިޒާމެއް ގާއިމްކޮށް ދިނުމަށް އެދި ދިވެހި ސަރުކާރުގައި އެދުމަށް ދަރިވަރުން ތައްޔާރުވާން ފަށައިފިއެވެ.
މިކަމަށްޓަކައި ރޭގެ ވަގުތެއްގައި ޓީޗާރސް އެސޯސިއޭޝަން އޮފީހުގައި ބައްދަލުވުމުގައި ދިވެހިރާއްޖޭގައި ހިންގައި ގިނަ މަތީ ތައުލީމް ދޭ މަރުކަޒުތަކުގެ ދަރިވަރުންގެ ފަރާތުން މަންދޫބުން ބައިވެރިވެފައިވެއެވެ. މި ބައްދަލުވުމުގައި ހުރިހާ ދަރިވަރުން ވެސް އެއްބަސްވެފައިވަނީ މަތީ ތައުލީމް ޚާސިލްކުރާ ދަރިވަރުންނަށް މާލީ އެހީވާނެ ނިޒާމެއް އޮންނަން ޖެހޭ ކަމަށެވެ. ވީމާ މިފަދަ ނިޒާމެއް ޤާއިމްކުރުމަށް ހުރިހާ ދަރިވަރުން ގުޅިގެން ވީހާވެސް ބޮޑަށް ރޭވިގެން، ހިންގެން އޮތް އެންމެ ފުޅާދާއިރާއެއްގައި ދަރިވަރުން ކުރާ މަސައްކަތް ކުރުމަށެވެ. މިއާއެކު އެންމެ ފުރަތަމަ ކަމަކަށް ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އެޕޮއިންޓްމެންޓަކަށް އެދި ސިޓީއެއް ހުށަހެޅުމަށް ވަނީ ނިންމާފައެވެ.
ފާއިތުވެދިޔަ ދެ އަހަރުވެސް މަތީ ދައުލީމް ޚާސިލްކުރާ ދަރިވަރުންވަނީ މާލީއެހީ ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައެވެ